ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަން ނިންމައިފި

0

މާލޭގައި މިހާރު ހިންގަމުން އަންނަ ސެންޓަރ ސޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ހަމައެކަނި މަތީ ސާނަވީއަށް ކިޔަވައިދޭ ސަރުކާރުގެ ހަމައެކަނި ސްކޫލްގެ އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފަށަން ނިންމާފައި ވަނީ 2022  ވަނަ އަހަރުއެވެ.

މިހާރު ސީއެޗްއެސްއީ ހުރި ތަނުގައި އަށް ބުރީގެ އިމާރާތެއް އަޅަން 33 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ހަވާލުކޮށްފައެވެ. ނަމަވެސް ހުޅުމާލެއަށް ސީއެޗްއެސްއީ ބަދަލުކުރަން ނިންމުމުން މިހާރު ވަނީ އެ އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓާލާފައެވެ.

Advertisements