ވެކްސިން ނުޖަހާ ސްކޫލްގެ ކުދިންގެ މައުލޫމާތު ފޮނުވަން އަންގައިފި

0

ވެކްސިން ނުޖަހާ ސްކޫލްގެ ކުދިންގެ މައުލޫމާތު ފޮނުވަން އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމްއެމްއާރު ނުވަތަ މީސްލްސް ވެކްސިން ދީފައި ތިބި ދަރިވަރުންނާއި ނުޖަހައި ތިބި ދަރިވަރުންގެ މައުލޫމާތު އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ފޮނުވަން އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެންގުން ތަންފީޒު ކުރުމުގެ ގޮތުން ވެކްސިން ކާޑުގެ މައުލޫމާތު ކްލާސް ޓީޗަރާ ހަވާލުކުރުމަށް ހުރިހާ ސްކޫލްތަކުން މިހާރު ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ހެލްތު މިނިސްޓްރީން ވަނީ ފަށާފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވެކްސިން ނުޖަހާ ތިބި މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް އިންކާރުކުރިޔަސް ވެކްސިން ޖަހާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށް ޚާއްސަ ޓާސްކް ފޯހެއް ވެސް ސަރުކާރުން ވަނީ އުފައްދާފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here