ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫ ގައި އިހުތިޖާޖު ކުރަމުން ދިޔަ މަސްވެރީންނާއި ބައްދަލު ކުރައްވައިފި އެވެ.

ވަޒީރު ޝިޔާމް ކޫއްޑޫއަށް ވަޑައިގެންނެވީ އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ކުރުކޮށް ލެއްވުމަށް ފަހުއެވެ.

ވަޒީރު ޝިޔާމް ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނަށް ދޭން ޖެހޭ ފައިސާއާއި އަދި ނުދެވިހުރި ފައިސާއާ ގުޅޭ ހާލަތު އޮތްގޮތް އެރަށުގެ މަސްވއެރިންނަށް ވިދާޅުވެ ދެއްވާފައެވެ. ވަޒީރު ވިދާޅުވީ ކޫއްޑޫ ގައި ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސްކަމަކީ ހަމައެކަނި އެބައިމީހުންގެ ކަންބޮޑުވުއް ނޫންކަމަށެވެ. އެކަމަކު އެއީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އަދި އެކަމެއް ހައްލު ކުރުމަށް އެންމެ ބާރަށް މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މި ސަރުކާރަށް ވާރުތަވީ 250 މިލިއަން ރުފިޔާއާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިއަން ރުފިޔާ ކަމަށެވެ.

އަދި އެ ބެކްލޮގު އެއްކޮށް މާޗު މަހުގެ ފަސް ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު ހެނދުނުން ފެށިގެން ކޫއްޑޫ ގައި މަސްވެރީން ދަނީ އިހްތިޖާޖު ކުރަމުންނެވެ. ސިޔާސީ ވިސްނުން ތަފާތު ބައެއް މަސްވެރީން ގެންދިޔައީ ވަރަށް ބޮޑަށް ރައީސް ޑރ މުހައްމަދު މުއިއްޒާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް އެ ވީޑިއޯތަކާއި ފޮޓޯތައް ވައިރަލް ކޮށްފައެވެ.