355 މިލިޔަނުން ޖޫރިމަނާ ކުރީ ކެންޕޭނަށް އުނދަގޫ ކުރުމަށް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޑޮނާލްޑް ޓްރަންޕްގެ ނެޓްވޯތްއާ ބެހޭގޮތުން ޓްރަންޕް ދޮގުހެދި ކަމަށް ތުހުމަތުކޮށް މި މައްސަލައިގައި ޓްރަންޕް ވަނީ 354.9 މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. ޓްރަންޕް އަށް ހުކުމް ކުރީ ނިއުޔޯކްގެ ގާޒީއެއްކަމަށް ވާ ޖަސްޓިސް އާތާރ އެންގޮރޮންއެވެ.

މިހުކުމަށް ފަހު ޓްރަންޕް އޭނާގެ ސަޕޯޓަރުންނާއި މުހާތަބުކޮށްދެއްކެވި ފުރަތަމަ ވާހަކަފުޅުގައި އޭނާ ވިދާޅުވީ މިއީ އޭނާ ރައީސްއަށް އިންތިހާބުވުން ހުއްޓުވުމަށް އިދިކޮޅު ފަރާތުމް ކުރަމުންދާ އުނދަގޫތަކެއް ކަމަށެވެ. މީގެއިތުރުން ޓްރަންޕް ވިދާޅުވީ މިފަދަ ހަމަލާތަކަކީ ހަމައއެކަނި އޭނާއަށް ކުރާ ހަމަލާތަކެއް ނޫން ކަމަށާއި މިއީ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ދޭ ހަމަލާތަކެއް ކަމަށެވެ.

ޓްރަންޕް ވިދާޅުވީ އޭނާގެ 2020 ވަނަ އަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓިކް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަތުން ބަލިވީ އިންތިޚާބުގެ މަކަރާއި ހީލަތުގެ ސަބަބުން ކަމަށެވެ. އެންގޯރޮން ވަނީ ނިއުޔޯކްގެ އެއްވެސް ކޯޕަރޭޝަނެއްގެ އޮފިސަރެއް ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ތިން އަހަރަށް ޓްރަމްޕް މަސައްކަތް ކުރުން ވެސް މަނާކޮށްފައެވެ.