ހިޔާގެ ފްލެޓްތައް ނިންމަން ވަރަށް އަވަހަށް ލޯނު ހަމަޖެހޭނެ: އެޗްޑީސީ

0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެއްޓި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމް ކުރަމުންދާ 7000 ފްލެޓުގެ ހުރިހާ މަސައްކަތެއް ނިންމުމަށް ބޭނުންވާ ލޯނު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހްމަދު ވިދާޅުވީ އެ މަސައްކަތް ނިންމަން 45 މިލިއަން ޑޮލަރުގެ ލޯނެއް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ އެ ފްލެޓުތަކުގެ މަސައްކަތް ހަވާލުކުރީ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ އެވެ. އެ ކުންފުނިން އިމާރާތް ކުރަނީ 25 ބުރީގެ 16 ޓަވަރެވެ.

އެ ފްލެޓުތައް އެޅުމަށް ރައީސް ޔާމީންގެ ސަރުކާރުން ވެސް ވަނީ ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. އެ ލޯނު ނަގާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި ދައްކަންޖެހޭއިރު، އަނެއް 85 ޕަސެންޓް ދައްކަންޖެހެނީ 15 އަހަރުގެ ތެރޭގައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here