އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ އައްޑޫ ބްރިޖުގެ ޑިޒައިނާއި ސާވޭގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ކުރެއްވި އިންފްރާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.

ގާތްގަނޑަށް 14 ކިލޯމީޓަރުގެ އައްޑޫ ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިންނާއި ސާވޭގެ މަސައްކަތް ހަވާލު ކުރީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއެވެ. "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އެންޑް އަހުމަދު އޮސްމާން އެންޑް ކޯ" ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާ އެވެ.

މި ކުންފުނިން ބްރިޖުގެ ޑިޒައިނާއެކު އީއައިއޭ އާއި އެނަލިސް އަދި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ހަދާނެ އެވެ. އައްޑޫ ބްރިޖް އަޅަން ބޭނުންވާ ސާވޭތައް އެ ކުންފުނިން ހަދައި ދެނީ ހިލެ އެވެ. އެކަމަށް ދެމިލިއަން ޑޮލަރު ހޭދަވެ އެވެ. މި ސާވާތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ މެނިފެސްޓޯގައިވެސް މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އަޅަން ނިންމާ އެކަން ހިމަނާފައި އޮތެވެ. މިދިއަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ލެއްވޭ ގޮތް ނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓަކަށް ވެވަޑައިގެން ވެސް އެ ވައުދު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައްޑޫ ބްރިޖުގެ ސާވޭ ހަދަން 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައި ވެއެވެ.