ޝުޖާއު އުސްމާންގެ އިތުރު މައްސަލައެއް ބަލަނީ

0

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރު މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.

މީގެކުރިން ޖޭއެސްސީން ވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝުޖާއުގެ އިތުރު މައްސަލަތަކެއް ވެސް ބަލަން ފަށާފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް 2018 ގެ ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ކޮށްދިން މައްސަލަ ހިމެނެއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ  ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބާއި އަދި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝުކޫރުގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ މައްސަލައެއް ބަލާތީ މިދިޔަ އަހަރު ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

މީހުންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ހުކުމް ކުރި ކަމަށް ފަނޑިޔާރު ޝުޖާއުގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

 

Advertisements