ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުންއޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.

ކައުންސިލުން ވަނީ އެރަށުގެ ބަނދަރުގެ ދަތިކަން ހައްލުކުރުމަށާއި ރަށްގިރުމުގެ މައްސަލައާއި، ސްކޫލާއި، ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން، އަދި ރަށުގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ރަށުގެ ބިން ފުރިފައި އޮތުމުން ބިން އިތުރުކުރަން އެދޭކަމަށާއި، ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށާއި، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ކުރަންޖެހިފައިވާ ކަންކަމާއި، އަދި މިނޫސްވެސް ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން ސަރުކާރުން ކުރިއަށްދާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ ޓީމުން ވަނީ އެރަށުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.