ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓުން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އުތުރުގެ މޫސޫން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް .މެޓުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފާއިވެއެވެ.

އަދި މެޓުން ބުނެފައިވަނީ އެންމެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

ހަމައެއާއެކު، މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށާއި އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.