ޔޫކްރެއިންގެ ހަލާކަކީ ހުއްޓުވެން އޮތް ކަމެއް ނޫން ކަމަށް ރަޝިޔާގެ ސެކިއުރެޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑެވެޑެވް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން މެޑްވެޑެވް ވިދާޅުވީ ޔޫކްރެއިން ހަލާކުވާނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށެވެ. ފަހަރެއްގައި ކުއްލި އަކަށް ޔޫކްރެއިންގެ ސީޔާސީ ނިޒާމު ހަލާކުވެގެން ގޮސްދާނެ ކަމަށާއި ނުވަތަ މިކަން ލަސްލަހުން ވެސް ވެދާނެ ކަމަށެވެ. ނަމަވެސް ޔޫކްރެއިންގެ ހަލާކު ކޮންމެސް އިރަކުން، ކޮންމެސް އެއްގޮތަކުން އަންނާނެކަމުގެ ގެރެންޓީ މެވްޑެވް ވަނީ ދެއްވާފައެވެ.

މިދިޔަ މެއި މަހު ޑެމެވްޑެވް އޭނާގެ ޓެލެގްރާމް ޗެނަލްގައި ލިޔުއްވާފައިވާ ގޮތުގައި ޔޫކްރޭން ރޫޅިގެން ދިއުމުން ކުރިއަށް އޮތްތަނުގައި އަލުން ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޤައުމުގެ މިހާރުގެ ސަރަޙައްދުގެ ބައެއްގައި ޔޫކްރޭންގެ ދައުލަތް ރައްކާތެރިކުރުމަކީ ކުރަންޖެހިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.