ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހި ގުގުރާނޭ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

އަދި މޫސުމާ ބެހޭ އިދާރާ އިން މި ސަރަހައްދު ތަކަށް މި ސަމާލު ނެރެފައިވަނީ އަދި ހެނދުނު 7:00 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށް ކަމަށެވެ.

އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެއެވެ.

މީގެއިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.