ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފާހަގަކުރައްވައިފިއެވެ

އެކަމަނާ މިހެން ވިދާޅުވެފައިވަނީ "ޗޭންޖިންގ ޕޮޕިއުލޭޝަން ޑައިނަމިކްސް އިން ދަ މޯލްޑިވްސް" މަތީ ފަންތީގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސެޝަނަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި، އ.ދ.ގެ އާބާދީ ޖަމްޢިއްޔާ (ޔޫ.އެން.އެފް.ޕީ.އޭ)ގެ ދިވެހިރާއްޖޭގެ އޮފީސް އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން އިންތިޒާމުކުރި ސެޝަނެކެވެ.

މި ސެޝަނުގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން އެކަމަނާވަނީ ރާއްޖޭގައި މުސްކުޅި އުމުރުގެ އާބާދީ އިތުރުވަމުންދިއުމާއި، ވިހާ ނިސްބަތް ދަށްވަމުންދާކަން ފާހަގަކުރައްވައި މިކަންކަމަށް ފިޔަވަޅު އެޅުމަށް ގުޅިލާމެހިފައިވާ ސިޔާސަތުތަކެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދުވަސްވީ މީހުންނަށްޓަކައި ގާއިމުކޮށްފައިވާ "އިސްރަށްވެހީންގެ ނާދީ" އަދި ހަމައެހެންމެ އައި.ވީ.އެފް އަދި އައި.ޔޫ.އައިގެ ފަރުވާ ފަދަ ފަރުވާތައް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދިއުން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސާޖިދާވަނީ އާބާދީއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ ދެމެހެއްޓެނިވި އުމުރާނީ ތަރައްގީގެ މަޝްރޫއު "ރަސްމާލެ" އަދި ސަރުކާރުގެ 20 އަހަރުގެ ގައުމީ ތަރައްގަގެ ޕްލޭންފަދަ ގެންގުޅޭ ވަށާޖެހޭ ގޮތްތައް ފާހަގަކުރައްވާފައެވެ.

އެމަނަކާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދުވަސްވީ މީހުންގެ ނިސްބަތް ގިނަ އާބާދީއަކަށް ނުވަތަ މުސްކުޅި އާބާދީއަކަށް ރާއްޖޭގެ އާބާދީ ބަދަލުވަމުންދާދިއުމަށް ފިޔަވަޅުއަޅައި، ވިލުންތެރިކަންއިތުރުކޮށް ގައުމުގައި ފާހަގަތިކަން ދެމެހެއްޓުމަށް ، ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކޮށް މީހުންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މިސަރުކާރުން ދިވެހިރާއްޖެއަށް ތަރައްގީ ގެނައުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތައްވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މެޑަމްވަނީ "ސެންސަސް 2022 އެނަލިޓިކް ޗެޕްޓަރސް އެންޑް އެޓޯލްސް ކާޑް" އިފުތިތާހް ކޮށްދެއްވާފައެވެ. މިސެޝަންގައި އާބާދީ އަންނަ ބަދަލާގުޅޭ މުހިންމު ވީޑިއޯ ދެއްކުން އޮތެވެ. އަދި އެއަށްފަހު ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވެއެވެ.