ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް 1ގައެވެ.

ހަ ބުރީގެ އުސްމިނަށް ކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ އެވެ. މިއީ ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއްގެ އިތުރުން ސްޓާފުންނަށް ޑޭކެއަރ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ އިމާރާތެކެވެ.

މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެއެވެ.