ރައީސް ޓްރަމްޕުގެ ސުލްހައިގެ ޕްލޭން ބަލައި ނުގަންނަން އަރަބި ލީގުން ނިންމައިފި

0

މެދު އިރުމަތީގައި ސުލްހަ ގާއިމު ކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން ހުށަހެޅުއްވި ސުލްހައިގެ ޕްލޭން ބަލައި ނުގަންނަން އަރަބި ލީގުން ނިންމައިފިއެވެ.

އަރަބި ލީގުން މިގޮތަށް ނިންމާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ބައްދަލުވުމުގައެވެ.

Advertisements

މިބައްދަލު ވުމުގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުގެ އިތުރުން ޔޫއޭއީގެ ޚާރިޖިއްޔާގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބައްދަލުވުމަށް ފަހު އަރަބި ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޓްރަމްޕުގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ހާމަކުރެއްވި އެޕްލޭނުގައި ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ ގޮތަށް ކަންތައްތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސުލްހައިގެ ޕްލޭނަށް ތާއީދު ނުކުރުމަށާއި އެޕްލޭނުގައިވާ ކަންތައްތައް މެދު އިރުމަތީގައި ގާއިމު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އަރަބި ގައުމުތަކުން ވައުދުވާކަމަށް ވެސް ބުނެފައިވެއެވެ.

އެމެރިކާގެ ރައީސްގެ ޕްލޭނުގައިވާ ގޮތުން ފަލަސްތީނުގެ ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިކަން ކުރާ ރަށް ކަމުގައި ގަބޫލުކޮށް އެތަނަކީ އިޒުރޭލަށް ކަނޑައެޅިގެންވާ ތަނެއް ކަމުގައި ބަލައިގަންނަން ޖެހެއެވެ. މީގެ އިތުރަށް އިޒްރޭލުގެ ރައްޔިތުން ބޭނުންވާނަމަ ފަލަސްތީނުގެ އެކި ހިސާބުތަކުގައި ވަޒަންވެރި ވުމުގެ ހައްގުވެސް އިޒްރޭލު ރައްޔިތުންނަށް ލިބިގެންވާ ކަމަށް އެޕްލޭނުގައި ވެއެވެ.

ފަލަސްތީނާއި އިޒްރޭލު ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް، ދެގައުމު ދެމެދުގައި ސުލްހަ ގާއިމުކޮށް، މެދު އިރުމައްޗަކީ އަމާން ތަނެއް ކަމުގައި ހެދުމަށް ކަމަށް ވިދާޅުވެ ރައީސް ޓްރަމްޕުގެ ފަރާތްޕުޅުން ނެރުނު ސުލްހައިގެ ޕްލޭނާ މެދު ފަލަސްތީނު ރައްޔިތުން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

 

 

 

 

 

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here