ރޭޕްކުރަން އުޅުނު މީހާގެ ޖިންސީ ގުނަވަން ބުރި ކޮށްލައިފި

0

ޕާކިސްތާނުގައި އަންހެން ކުއްޖަކު ރޭޕް ކުރަން އުޅުނު މީހެއްގެ ޖިންސީ ގުނަވަން ބުރިކޮށްލައިފިއެވެ.

ޕާކިސްތާނު ފުލުހުން ބުނީ މިއަދު މިހާދިސާ ހިނގާފައިވަނީ ޕާކިސްްތާނުގެ މެދުތެގޭ އަަވަށެއް ކަމުގައިވާ ޕަންޖާބުގައެވެ.

Advertisements

އެހާދިސާގައި ފިރިހެން މީހާގެ ޖިންސީ ގުނަވަންބުރި ކޮށްލި އަންހެން ކުއްޖާއާ ހަވާލާދީ ފުލުހުން ބުނީ އެކުޖާ އެކަނި ގޭގައި އުޅެނިކޮށް އެމީހާ ގެއަށް ބަދެ އޭނާ ރޭޕް ކުރަން އުޅުނީ ކަމަަށެވެ. އަދިއެކަމުން ސަލާމަތް ވުމަށް އަންހެން ކުރާ އެގޮތް މިގޮތުން ބަދިގެއަށްގޮސް، އަމިއްލަ ސަލާމަތަށް ވަޅިނެގީ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެމީހާގެ ކިބައިން ސަލާމަތްވާން އުޅުމުގައި ލިބުނު ފުރުސަތުގައި ހިތްވަރު ކޮށް އެމީހާގެ ޖިންސީ ގުނަވަން ބުރިކޮށްލީ ކަމަށް އެކުއްޖާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޕާކިސްތާނުގެ ފުލުހުންބުނީ މި ހާދިސާގައި ޖިންސީ ގުނަވަން ބުރި ކޮށްލި28 އަހަރުގެ ފިރިހެން މީހާއަށް އަވަހަށް ފަރުވާ ދިނުމަށް އެހިސާބާ އެންމެ ކައިރި، ފައިސަލް އާބާދުގައި ހުންނަ ހޮސްޕިޓަލަކަށް ގެންގޮސް ފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާ ދިސާގައި ހިމެނޭ އުމުރުން25 އަހަރުގެ ކުއްޖާ އާއި އެ ފިރިހެން ކުއްޖާއަކީ ދަންނަ ދެމީހުންކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެ ފިރިހެން މީހާގެ ޖިންސީ ގުނަވަން އެ އަންހެން ކުއްޖާ ބުރި ކޮށްލީ އެ ފިރިހެން މީހާ އެހެން އަންހެނަކާ ކައިވެނި ކުރަން އުޅޭތީ ކަމަށްވެސް ބައެއް ފަރާްތްތަކުން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެހެން ކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here