26 ރަށެއްގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި މުހާތަބު ކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ސަރުކާރުން ހެދި ހުރިހާ އެގްރިމެންޓެއް ހަދާއިފައިވަނީ ކޮންޓްރެކްޓަރަށް ހުރިހާ ފައިދާއެއް ލިބޭ ގޮތަށް ކަމަށެވެ. އަދި ދައުލަތަށާއި ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ލިބޭ ގޮތަށް ކަމަށެވެ. އަދި އެގްރިމެންޓްތަށް ހެދިފައިވަނީ އާބިޓްރޭޝަން އަކަށް ދާން ޖެހުނަސް އެހެން ގައުމެއްގެ ކޯޓަށް ދާން ޖެހޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި މަގުހެދުމުގެ މަޝްރޫއުތަށް ވެސް 17 ރަށެއްގައި ވަނީ ހުއްޓިފައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތަށް އަލުން ފަށައި މިހާރު، 26 ރަށެއްގައި މަގުހެދުމުގެ މަޝްރޫއުތަށް ކުރިއަށް ގެންދާ ކަމަށެވެ،