ލިޔުނީ: އަޒްހީން

ހދ. ކުޅުދުއްފުށި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން އެސިޓީއަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފުނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފެނަކައިން ބުނީ ކުޅުދުއްފުށްޓަށް ކަރަންޓް ޖެނެރޭޝަން ކެޕޭސިޓީއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކަރަންޓް މެދު ކެނޑޭތީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށައިފިކަމަށެވެ. މީގެ ކުރިން އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފޮނުވާފައިވެއެވެ. ނަމަވެސް ކަރަންޓުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ މުޅިން ހައްލުކުރެވޭ ގޮތެއްނުވިއެވެ.

މިދިޔަ 2 މަހެއްހާ ދުވަހު ކުޅުދުއްފުށި ސިޓީގެ ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ނުދެވުމުގެ ސަބަބުން ކޮންމެ ދުވަހަކު އެކި ސަރަހައްދުތަކުން ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހިފައިވެއެވެ.