ކޮރޯނާގައި އެންމެ ގިނަ މީހުން މަރުވީ ވޭތުވެދިޔަ 24 ގަޑިއިރު، 242 މަރު

0

ކޮރޯނާވައިރަސް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ މި ވޭތުވި 24 ގަޑިއިރުގެ ތެރޭގައި ކަމަށް ބުނެފިއެވެ.

ކަމާބެހޭ ބައިނަލް އަގުވާމީ ފަރާތްތަކުން ބުނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، (އެއް ދުވަސްތެރޭ) ޖުމްލަ 242 އެ ވަިރަހުގަިއ މަރުވެފައިވާ ކަމަށެވެ.

Advertisements

އެހެންކަމުން މިބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 1355 އަށް އަރައިފައެވެ.

ކޮރޯނާވައިރަސް ޖެހޭ މިންވަރުވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

އެގޮތުން ކޮރޯނާވައިރަހުގެ އަސަރު އިތުރަށް ކުރި މީހުންގެ އަދަދު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 650% ވަނީ އިތުރު ވެފައެވެ.

ސަފާސްހިސާބުތަކުން ދައްކާގޮތުގައި، އިތުރަށް 14840 މީހަކަށް ބަލިޖެހިގެން،  މިވޭތުވި 24 ގަޑިއިރުތެރޭގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެހެންކަމުން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 60,016 އަށް އިތުރުވެފައެވެ.

Advertisements