އާންމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފި

0

ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އާންމުންގެ އިތުބާރު ހޯދައި، ތަޞައްވުރު ރަނގަޅުކުރުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މުހިންމު ފިޔަވަޅުތަކެއް އަޅަށް ސަރުކާރުން ފަށައިފިއެވެ.

މިގޮތުން، މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުޢާމަލާތް ކޮށްގެން ޚިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ޚިދުމަތް ދޭ ގޮތާއި، ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ޚިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުމަށްޓަކައި، ރައީސުލްޖުހޫރިއްޔާގެ އޮފީހުން ފުރަތަމަ ފަހަރަށް ވަނީ ސްޕޮޓް އޮޑިޓެއް ކޮށްފައެވެ.

Advertisements

އެ އޮޑިޓުން، އޮފީސްތަކުގެ ކައުންޓަރ ސަރވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައި ވާއިރު، އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިހާރު ވަނީ ހިއްސާކޮށް މެންބަރުންގެ ޚިޔާލު ހޯދާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Advertisements