53 އަހަރުގެ އަންހެނަކަށް ބިދޭސީއަކު ޖިންސީ ފުރައްސާރަކޮށްފި

0

އުމުރުން53 އަހަރުގެ އަންހެނަކަށް ބިދޭސީއަކު ޖިންސީ ފުރައްސާރަކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ ނ، ރ، ބ އަދި ޅ ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގެ ރަށަކުން ކަމަށެވެ. މިފަދަ މައްސަލަތަކުގައި ފުލުހުން ރަށުގެ ނަން ހާމައެއް ނުކުރެ އެވެ.

Advertisements

ފުލުހުން ބުނީ53 އަހަރުގެ އަންހެނަކު ދިރިއުޅުނު ގެއަކަށް ބިދޭސީ މީހާ ވަދެ ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ. މި މައްސަލައިގަ އެ ބިދޭސީ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހާއަކީ28 އަހަރުގެ ފިރިނެކެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisements