ކުޑަކުއްޖާ ރޭޕްރި މައްސަލާގައި ކާފަ އާއި މުނިކާފައަށް ދައުވާ ކޮށްފި

0

ގއ. ކަނޑުހުޅުދޫގައި އުމުރުން 2 އަހަރު ނުވާ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނި ކަފާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ކަމަށެވެ.

އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ އަބްދުއްސަލާމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ޖިންސީ ގޯނާގެ ކުރިކަން އެނގިހުރެ ފުލުހުންނަށް ނޭންގި ކަމުގެ ތުހުމަތާއި ކުޑަ ކުއްޖަކު ބެލުމުގައި އިހްމާލުވި ކަމުގެ ތުހުމަތެވެ.

Advertisements