ޓެކްސް ދައްކާ ފަރާތްތަކަށް އިތުރު ކަލެކްޝަން ސެންޓަރެއް މީރާއިން ހުޅުވައިފި

0

ޓެކްސް ދައްކާ ފަރާތްތަކަށާއި ރައްޔިތުންނަށް އިތުރު ކަލެކްޝަން ސެންޓަރެއް މީރާއިން މިއަދު ހުޅުވައިފިއެވެ.

މިފަހަރުގެ ކަލެކްޝަންސް ސެންޓަރު ހުޅުވީ ގއ. ވިލިނގިލީގައެވެ. ވިލިނގިލި ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވާފައިވެއެވެ.

Advertisements

އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓަރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ.

މިހާތަނަށް މީރާއިން ވަނީ 15 އަތޮޅެއްގައި 16 އޮފީސް ގާއިމުކޮށް އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.

Advertisements