އެލައިޑްގެ ޗެއާމަން ކަމުން ހިޔަލީ ރަޝީދު އިސްތިއުފާދެއްވައިފި

0

އެލައިޓް އިންޝުއަރެންސްގެ ޗެއާމަން ކަމުން ހިޔަލީ މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

ހިޔަލީ މިއަދު ޗެއާމަން ކަމުން އިސްތިއުފާ ދެއްވިކަން އެލައިޑުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެ ކުންފުނިން ވަނީ ޗެއާމަން ކަމުގައި ހުންނަވައިގެން އޭނާ ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

“ވޭތުވެދިޔަ ހަ އަހަރު ހިޔަލީ މި ކުންފުންޏަށްކޮށް ދައްކުވައިދެއްވި މިސްރާބައި ވެދެއްވި އަގު ނުކުރެވޭ ހިދުމަތްތަކަށް އަހަރުމެން އިހުލާސްތެރި ޝުކުރު ދަންނަވަން،” އަލައިޑުން ބުންޏެވެ.

ހިޔަލީ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ގިނަ ދުވަހު އުޅުއްވުމަށްފަހު 2018 ވަނަ އަހަރު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here