ސީޕްލޭން ޓާމިނަލަކީ ގެއްލުމުގެ ބަދަލު ފަހުން ދޭންޖެހޭ ތަނަކަށް ވެގެންނުވާނެ: އަލީ ހުސައިން

0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ހުސައިން ވިދާޅުވީ އަސްލު އެއްބަސްވުމެއް ލިޔެ ދައުލަތުގެ ފަރާތުން ސޮއިކޮށްފައި ނެތި، އެއްބަސްވުމެއް ވުމަށް އެއްބަސްވެ ފޮނުވާ ސިޓީ އަކީ އޭގެ އަމިއްލަ ޒާތުގައި ވިޔަފާރީގެ އެއްބަސްވުމެއް ކަމަށްބަލައިގެން ނުވާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ސީ ޕްލޭން ޓާމިނަލާއި ގުޅޭގޮތުން މިހާރުގެ ސަރުކާރުން ނިންމާފައިވާ ގޮތަކީ އެހެން ބަޔަކަށް އެކީގައި އެތަން ދިނުމަށްވުރެ މާރަނގަޅު ގޮތެއް ކަމަށެވެ.

Advertisements

ގައުމުގެ ކަންކަން ނިންމަން ޖެހޭނީ ވަރަށް ހިކުމަތްތެރި ކަމާއެކު ފަހުން މަޅި ނާރާ ގޮތައް ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisements