ކޮރޯނާ ވައިރަހުގެ ވެކްސިން މީދަލަށް ޓެސްޓް ކުރަންފަށައިފި

0

ކޮރޯނާ ވައިރަހަށް އިނގިރޭސި ސައިންޓިސްޓުން ތައްޔާރު ކުރި ވެކްސިން މީދަލަށް ޓެސްޓް ކުރަންފަށައިފިއެވެ.

ނޫސްތަކުން ބުނެފައިވަނީ، ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ސައިންޓިސްޓުން އުފެއްދި މި ވެކްސިން ޓެސްޓް ކުރުމަށްފަހު މިއަހަރު ނިމުމުގެ ކުރިން ބޭނުން ކުރެވޭވަރު ވާނެ ކަމަށެވެ.

Advertisements

ސައިންޓިސްޓުން ބުނެފައިވަނީ، މީދަލަށް ބޭނުން ކޮށްފައިވާ އެ ވެކްސިންގެ، ނަތީޖާ ކުރިއަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ލިބޭނެ ކަމަށެެވެ.

ދުނިޔޭގެ އެކި ކަންކޮޅޫ ތަކުގައި ނުރައްކާތެރި ކަމާއެކު ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ވެކްސިން އުފެއްދުމަށް އެކި ގައުމުތަކުގެ ސައިންޓިސްޓުން ވާދަވެރި މަސައްކަތްތަކެއް ފަށާފައިވާއިރު، އެ ބަލި ފެތުރެންފެށި، ޗައިނނާއިންވެސް ވަނީ ވެކްސިނެއް އުފައްދަިއފައެވެ.

ޗައިނާގެ ޒިހުއާ ސްޓޭޓްގެ ނިއުސް އެޖެންސީން ބުނީ ޝަންހައި ޔުނިވާސިޓީން ކޮރޯނާ ވައިރަހަށް ތައްޔާރު ކޮށްފައިވާ ވެކްސިނެއްވެސް ޓެސްޓު ކުރުމަށް މީދަލަށް ޖަހާފައިވާ ކަމަށެވެ.

އަދި އެ ވެކްސިންގެ ނަތީޖާ ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެސް ނޫހުން ބުނެފައިވެއެވެ.

ކޮރޯނާ ޖެހިގެން މިހާތަނަށް1500 އަށްވުރެ ގިނަމީޙުން މަރުވެފައިވާއިރު، އެ ބަލިޖެހިފައިވާ70،000 އަށްވުރެ ގިނަމީޙން އެބަތިއްބެވެ. ބަލި އަދިވެސް ދަނީ ބާރު މިނުގައި ނުރައްކާތެރިކަމާއެކީ ފެތުރެމުންނެވެ.

Advertisements