މާފުށީ ގުދަނެއްގައި ރޯވެއްޖެ

0

މާފުށީ ގުދަނެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުންބުނީ ކ.މާފުށީގަިއ ހުރި ގުދަނެއްގައި ރޯވެ އަނދަމުންދާތީ، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisements

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަށް ލިބުނީ ހެނދުނު 9:12 އެހާކަންހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ މާފުށީ ކުޑަކުދިންގެ މަރުކަޒުގަިއ ޓިުންހަދާފައި ހުރި ތަނެއްގައި ހިނގި އަލިފާނގެ ހާދިސާއެއްގައި ރޯވި އަލިފާންގަޑު ކޮންޓްރޯލް ކުރުމުގައި ފުލުހުން ބައިވެެރިވެފައިވާ ކަމަށެވެ.

މިހާދިއާގައި އެއްްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު، މިކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެވެ.

Advertisements