ފަތިސްނަމާދަށް އެރިމީހަކު ގަމަތްދިނީއްސުރެން ނަމާދު ނިމެންދެން ސަޖިދާގައި

0

ރޭ މާލޭޭގެ މިސްކިތަކަށް ފަތިސްނަމާދަށް އެރިނމީހަކު، އިމާމު މީހާ ގަނަތް ދިނީއްސުރެން، ނަމާދުކޮށް ނިމެންދެން ސަޖިދާގައި އޮވެއްޖެއެވެ.

އެންމެ ފަހުން ނަމާދު ނިމިގެންވެސް އެމީހާ ސަޖިދައިން ނުތެދުވެ އޮތީމާ، މިސްކލިތުގެ އިމާމުގެ އިޝާރާތަކަށް އެތާތިބި އެހެން މީހުން އެމީހާ ސަޖިދައިން ނެގިއެވެ.

Advertisements

ހަމަ ސަޖިދައިން ނެގުމާއެކު، ނިދަން އޮށޯންނަ ގޮތަށް ދެވަނަ ފަަހރުވެސް އޮށީތެވެ. އެއީ މަސްތުގެ ހާލަތުގައި ކަމުން އޭނާއަށް ރަނގަޅަށް ކޮޅަށް ނުހުރެވިގެންނެވެ.

އެމިސްކިތައް ނަމާދަށްދިޔަ މީހަކު އެވާހަކަ ކިޔައިދެމުން ބުނީ، އެމހާ ދެވަނ ފަހަރަށް އޮށޯތުމުން ފުލުހުންނާ ގުޅުމުން، ފުލުހުން އަިއސް އެމީހާ މިސްކިތުން ގެންދިޔައީއެވެ.

ފަހަކަށް އައިސް މަތުވެގެްނ މަގުމަތީގެ ތަންތަންކޮޅުގައި މަޑުޖެހިފައިތިބޭ މީހުން، ސޯޝަލް މީޑިޔާއި ދަނީ ހާމަކުރަމުންނެވެ.

Advertisements