ގއ.މާމެންދޫގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެންމެފަހުން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރާއި 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އުދައްޔުގެ މަރާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް މިހާރު ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މާރާމާރީގައިި އުއްދަޔުގެ އިތުރުން އިތުރު މީހަކަށް ވެސް ހަމަލާދީފައެވެ. އޭނާ އަށް ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.