އިރާނު ރައީސް އިބްރާހީމް ރައީސީ އަވަހާރަ ވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
އިރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން މިއަދު ރައީސް ނިންމެވީ އެމަނިކުފާނުގެ އޮފީހުން މިއަދު ނެރުއްވި 2024/10 ނަންބަރު ދެންނެވުމުގައެވެ. ރައީސީ އަވަހާރަވުމާއި ގުޅިގެން ޑރ.މުއިއްޒުވަނީ އިރާނަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސީ އަވަހާރަވީ އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ދަތުރުކުރަމުން ގެންދެވި ހެލިކަޕްޓާރު ވެއްޓުމުގެ ސަބަބުންނެވެ. އަދި މި ހެލިކަޕްޓަރުގައި ރައީސީގެ އިތުރުން ދަތުރު ކުރަމުން ދިޔަ އިރާނުގެ ޙާރިޖީ ވަޒީރުވެސް ވަނީ އަވަހާރަވެފައެވެ.