ރާއްޖެއިން ކޮވިޑް-19 ގައި މިއަދު އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ހެލްތް އެމިޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ، ހޭނާރާ އޮތް އަންހެނެއް އިމަޖެންސީގައި ރޭ ދަންވަރު 03:17 ހާއިރު އައިޖީއެމްއެޗްއަށް ގެނެސްފައިވާކަމަށެވެ.

އަދި ރޭ ދަންވަރު 03:46 ހާއިރު އެ އަންހެން މީހާ ނިޔާ ވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް މައުލޫމާތުދީފައިވެއެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ގައި ނިޔާވި 58 ވަނަ މީހާއެވެ. ރޭ ގެ ވަގުތެއްގައި ވެސް އައިޖީއެމްއެޗްއަށް އިމަޖެންސީގައި ގެންދިޔަ މީހަކު ނިޔާވެފައިވާއިރު، އެއީ ވެސް ކޮވިޑް މަރެއްކަމަށް އެޗްއީއޯސީއިން މިއަދު ވަނީ ހާމަކޮށްފައެވެ.