ބަންދުކުރާ މުއްދަތަށް ފުޑް ކޯޓްތަކުގެ ކުލި މައާފްކޮށްފި

0

މާލޭގެ އާ ހާބަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ފުޑް ކޯޓްތަކައި ހިންގާ ކެފޭތަކުގެ ކުލިތައް، އެތަންތަނުން ކެއުމުގެ ޚިދުމަތް ނުދޭ މުއްދަތުގައި މައާފްކޮށްދިނުމަށް އެސްޓީއޯ އިން ނިންމައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ފުޑްކޯޓުތަކުގެ ވިޔަފާރި ހުއްޓުމަކަށް ގެނައި ދުވަހުން ފެށިގެން ސަރަކާރުން އެކަމުގައި އެހެން ގޮތެއް ނިންމަވަންދެން މިހިނގާ މުއްދަތުގައި ފުޑްކޯޓުތަށް ދައްކަން ޖެހޭ ކުލި މާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12:00 ގެ ފަހުން މާލޭގެ ރެސްޓޯރަންޓް ފަދަ ތަންތަނުން ކެއިން ބުއިމުގެ ޚިދުމަތް ދިނުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ. އެތަންތަނުން ދެވޭނީ ޓޭކްއަވޭގެ ޚިދުމަތާއި ޑެލިވަރީގެ ޚިދުމަތް އެކަނި ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

އެފަދަ ފިޔަވަޅެއް އެޅީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here