ކޮވިޑް 19: މާލޭގެ އެކި ސަރަހައްދު ތަކުގައި ފަރިތަކުރުންތަކެއް ބާއްވަނީ

0

ކޮވިޑް 19 އަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި މިއަދު އޮންނާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މި ހަރަކާތް ކުރިއަށްދަނީ މާލޭގެ 3 ސަރަހައްދެއްގައެވެ. މި ފަރިތަކުރުން ނުވަތަ ޑްރިލް ކުރިއަށްދާނޯ މިއަދު އ 12:30 އިން 3:30 އަށެވެ. އަދި މިހަރަކާތް ކުރިއަށް ދާއިރު އެކަން ހިނގަމުންދާ ހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާ ކަމަށް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

Advertisements

މިފަރިތަކުރުން ކުރިއަށްދާއިރު ގުޅުންހުރި މުއައްސަސާތަކުން ދޭ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް ވެސްވަނީ އެދިފައެވެ.

މިއީ ރާއްޖޭގައި ވެސް ކޮވިޑް 19 ފެތުރުމުގެ ބިރުވެރިކަން އިންތިހާއަށް އޮތުމުން އެފަދަ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމާ ގުޅުންހުރި ފަރާތްތައް ގުޅުގެން ބާއްވާ ޑްރިލްއެކެވެ.

ކޮވިޑް 19 ޖެހިފައިވާ 13 މީހަކު މިހާތަނަށް ވަނީ ރާއްޖެއިން ފެނިފައެވެ. އޭގެ ތެރެއިން ފަސް މީހަކަށް މިހާރުވަނީ ބަލި ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ 8 މީހަކަށެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މިވަގު ޑޮކްޓަރުންގެ އެންމެބޮޑަށް ކުރަމުންދާ އިލްތިމާސްއަކީ ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމެވެ. ގިނަގިނައިން އަތްދޮވުމެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here