ރާއްޖެއިން ބޭރުން ރާއްޖެއަށް ދަތުކުރުން މަނާކޮށްފި

0

އަންނަ ހުކުރު ދުވަހުން ފެށިގެން ސަރުކާރުން ވަކިގޮތެއް އަންގަންދެން ރާއްޖެއިން ބޭރުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އޭގެ މާނައަކީ ރާއްޖެއިން ބޭރުން އެއްވެސް މީހަކަށް ދެން ރާއްޖެ އެތެރެެވެވޭނީ ރާއްޖެއިން ވަކިގޮތެއް އެންގީމަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިސޯޓްތަކުގައި ތިބޭ މުވައްޒަފުން ވެސް މިވަތު ތިބީ ރިސޯޓުގައި ބަންދުވެފައެވެ. އެކަމާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒަފުންނަށް އެ ރިސޯޓުން ފޭބޭނީ އެ ރިސޯޓެއްގައި ހުރި އެންމެ ފަހުގެ ފަތުރުވެރިޔާ ފުރާ ދުވަހުން ފެށިގެން 14 ދުވަސް ފާއިތުވުމުން ކަމަށެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ އެމެރިކާއަށް ވުރެ ވެސް ވަރުގަދަ ފިޔަވަޅުތަކެއް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް ވަނީ ވިދާޅުވެފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here