ބީއެމްއެލްގެ ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްފި

0

ދިވެހީންގެ ގައުމީ ބޭންކު، ބީއެމްއެލް އިން ނަގާފައިވާ ހުރިހާ ލޯނެއް ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމަށް އެބޭންކުން ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ ލޯނު ފައިސާ ދެއްކުން ފަސްކުރާ އިރު ހަ މަސް ދުވަހަށް އަރާ އިންޓްރެސްޓް ރޭޓް ވެސް ދައްކަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ހަ މަހަށް ފަހު ލޯނު އަނބުރާ ދައްކާ އިރު ފަސްކުރި މުއްދަތުގެ އިންޓްރެސްޓް، އެ ލޯނަކަށް އިތުރުވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ބީއެމްއެލް އިން ބުނީ އިންޓްރެސްޓް ރޭޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.

މީގެއިތުރުން އެ ހަ މަސް ފާއިތުވުމުން ދެންް ޖެހިގެން އަންނަ ހަ މަސްދުވަހު، ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރުން 20 ޕަސެންޓް މަދުކޮށްދޭން ނިންމާފައިވާ ކަމަށް ވެސް އެ ބޭންކުން ހާމަކުރިއެވެ.

ބީއެމްއެލް އިން މިފަދަ ނިންމުމެއް ނިންމާފައި ވަނީ ސަރުކާރުން އެދިގެންނެވެ. ސަރުކާރުން އެފަދައިން އެދުނީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާތީއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here