ޖަލުގައި އޮތް ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނަން: ރައީސް ސޯލިހު

0

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ވަކި މީހަކަށް ވަކިގޮތެއް ނަހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ޗެނަލް13 އިން ކުރި ސުވާލެއްގެ ޖަވާބުގައެވެ.

ރައީސް ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް މައާފް ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ގާނޫނުގައި ވަނީ ލިޔެވި ބަޔާން ކުރެވިފައި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އަމަލު ކުރައްވާނީ އެ އުސޫލަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފަށް ދާދިފަހުން ގުޅުއްވި ކަމަށާއި ނަމަވެސް އެ ފޯނަށް ޖަވާބު ދެވިފައިނުވާ ކަމަށެވެ.

ބަންގުލަދޭޝް އިން މިއަދު ވަނީ އެ ގައުމުގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ ވަގުތީ ގޮތުން މިނިވަންކޮށްފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here