72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، 11 ދިވެހިިން ހައްޔަރުކޮށްފި

0
ރާއްޖެއިން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 72 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، އެ ސަރވިސްގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އިން ހިންގި އޮޕަރޭޝަނެއްގައި 60 ކިލޯއަށް ވުރެ ގިނަ ހެރޮއިން ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައިވަނީ މިތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވެފައެވެ.

Advertisements

މިމައްސަލައިގައި 11 ދިވެއްސަކު ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރެއިން 7 މީހުން ހައްޔަރުކޮށްފައިވަނީ މަސްދޯންޏަކުން ކަމަށާއި އަނެއް 4 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވެއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް ނުވަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ އަތުލައިގެންފައެވެ. އަދި މިމައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ މައްސަލައިގެ ތަޙުޤީގު ނިމި، ދަޢުވާކުރުމާއިމެދު ގޮތެއް ނިންމުމަށް އަންނަ ހަފްތާގެތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here