ރާއްޖެއިން ކޮރޯނާ ޖެހުނު 9 ވަނަ މީހަކު ރަނގަޅު ވެއްޖެ

0

ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހުނު 9 ވަނަ މީހަކު ރަނގަޅު ވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ ސަރުކާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުހައްމަދު އަލީއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އެމީހާ ރަނގަޅުވި ކަމަށް ނިންމީ ދެ ޓެސްޓް ނެގެޓިވް ވުމުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިފައި ތިބި މީހުންގެ ތެރެއިން ތިން މީހަކު އެ ބަލިން ރަނގަޅުވެފައިވާކަން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އޭގެ ކުރިން ފަސް މީހަކު އެ ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް19 ޖެހިފައި ތިބި މީހުންގެ ތެރެއިން ތިން މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި ތިބީ އެ ބަލީގެ ފަސް މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން އެ ބައްޔަށް ނެގެޓިވް ނުވާ ހަތަރު މީހަކު އަދިވެސް އެބަތިއްބެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here