މާވާރުލު އެއާޕޯޓް ހުޅުވުން ފަސްކޮށްފި

0

ގދ. މާވާރުލު އެއާޕޯޓް ހުޅުވުން ފަސްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ މިރޭ ވިދާޅުވީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރުނޫން ދަތުރެއް ނުކުރުމަކީ ސަރުކާރުން އިލްތިމާސް ކުރައްވާފައިވާ ކަމެއް ކަމުގައިވާތީ ‏އާއި އައިލެންޑް އޭވިއޭޝަންގެ ދަތުރުތައްވެސް ވަރަށް ބޮޑުތަން މިވަގުތު މަދުކުރެވިފައިވާތީ، މާވަރުލު އެއަރޕޯޓުގެ ފްލައިޓް އޮޕަރޭޝަންސް ފެށުން މިވަގުތު ވަނީ މަޑުޖައްސާލެވިފައި ކަމަށެވެ. އަދި ރާއްޖޭގެ ހާލަތަށް އަންނަ ހެޔޮ ބަދަލުތަކަށްބަލާ ‏މާވަރުލު އެއަރޕޯޓުގެ އޮޕަރޭޝަންސް ފެށުމަށް ކަނޑައަޅާ ތާރީޚެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާވާރުލު އެއާޕޯޓްގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގައްދޫ ދާއިރާގެ އޭރުގެ މެމްބަރު ޒާހިރު އާދަމްގެ ކުންފުންޏަކަށެވެ. ނަމަވެސް އެ ކުންފުންޏަށް އެ މަސައްކަތް ނުކުރެވިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވަނީ އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އެ އެއާޕޯޓްގެ ބޮޑުބައި ވަނީ ނިމިފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here