ޓޯކިޔޯ، ސެޕްޓެމްބަރ 18. /ޓާސް/: އުތުރު ކޮރެއާއިން ފޮނުވާލި ބެލިސްޓިކް މިސައިލެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް، އުދުއްސާލިތާ މާގިނައިރުތަކެއް ނުވެ މޫދަށް ވެއްޓިފައިވާ ކަމަށް ޖަޕާނުގެ ކޯސްޓްގާޑުން ވަނީ ރިޕޯޓްކޮށްފައެވެ.
"އުތުރު ކޮރެއާ އިން ފޮނުވާލި ކަމަށް ބެލެވޭ ބެލިސްޓިކް މިސައިލް މިހާރު ވަނީ ވެއްޓިފައި،" ޖަޕާން ކޯސްޓްގާޑުން ބުންޏެވެ.
މިސައިލް ވެއްޓުނީ ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުން ބޭރަށް ކަމަށް އެންއެޗްކޭ އިން ބުނެއެވެ.
މިސައިލުގެ ބައެއް ފެނިއްޖެނަމަ ޖަޕާނު ކޯސްޓް ގާޑަށް ރިޕޯޓު ކުރުމަށް އަންގާފައެވެ.