ލަންޑަންގައި ހުންނަ އަފްޣާން އެމްބަސީ ބަންދުކޮށްފިއެވެ. އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ވަނީ، ކުރީގެ ސަރުކާރު ބަލައިގަނެ އެސަރުކާރު ތަމްސީލު ކުރާ ފަރާތްތަކާ ގުޅުން ބާއްވާ ޤައުމުތަކާ ގުޅުން ކަނޑާލުމަށް ނިންމާފައެވެ.

އަފްޣާން އެމްބަސީ ބަންދުކުރިކަން އަންގާ ލިޔުމެއް އެމްބަސީގެ ދޮރުގެ ބޭރުގައި ހަރުކޮށްފައި ވެއެވެ. ނަމަވެސް އެމްބަސީގައި އަދިވެސް ވިހުރެނީ ކުރީގެ ސަރުކާރުގެ ދިދައެވެ.

އެމްބަސީން ބުނެފައި ވަނީ އެތަން ބަންދުކުރުމަށް އެންގީ އިނގިރޭސި ޚާރިޖީ ވުޒާރާއިން ކަމަށެވެ. ނަމަވެސް އިނގިރޭސި ޚާރިޖީ ވުޒާރާއަށް އެކަން ޔަގީން ކޮށްދޭކަށް ނުކެރުނެވެ.

ކުރީގެ ސަރުކާރު ތަމްސީލު ކުރި އެމްބަސީތައް އަދިވެސް ކޮންޓްރޯލު ކުރަމުންދަނީ އެސަރުކާރުން އައްޔަން ކޮށްފައި ތިބި ފަރާތްތަކުންނެވެ.