ޕާކިސްތާނަށް ޚައިބަރު ޕަޚުތޫން ޚުވާގައި ހަމަޖެހުން ޤާއިމް ނުކުރެވޭ ކަމަށް ބުނެ ޑޯން ނޫހުން ޕާކިސްތާން ސަރުކާރު ކުށްވެރިކޮށްފިއެވެ. އެނޫހުން ބުނެފައި ވަނީ އަފްޣާނިސްތާނާ އިންވެގެންވާ މި ސަރަހައްދަކީ މުހިންމު ހައްސާސް ސަރަހައްދެއް ކަމަށެވެ.

ޚައިބަރު ޕަޚުތޫން ޚުވާގައި މިހާރުވެސް ހަމަނުޖެހުން ހިނގަމުންދާތާ ފަސް ދުވަސްވެއްޖެއެވެ. މި ހަމަނުޖެހުމުގައި 40 މީހުން ވަނީ މަރުވެފައެވެ.

މީޑިއާއިން ބުނާ ގޮތުގައ މި ހަމަނުޖެހުމަކީ، ޝީޢީންނާއި ސުންނީންގެ ދެމެދުގެ ތަޅާފޮޅުމާއި ދެ ޤަބީލާއެއްގެ ދެމެދުގެ ހަމަނުޖެހުމެކެވެ. ޑޯން ނޫހުން ބުނެފައި ވަނީ، އިތުރަށް މިކަން ކޮންޓްރޯނު ކުރެވިއްޖެނަމަ، ސަރަހައްދު ހަމަނުޖެހުމަކަށް ވެއްޓިދާނެ ކަމަށެވެ.