އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކާއި އިންޑިއާ ކަނޑަށް ފައިބާ ޤައުމުތަކުން ދަނީ ކަނޑުގެ ދިފާއީ ވަސީލަތަތައް ހަރުދަނާ ކުރަމުންނެވެ. އިންޑޮނޭޝިއާއިން ދަނީ އެ ޤައުމުގެ ކަނޑުގެ ސިފައިންނަށް ސަބްމެރިން ހޯދުމަށް އެކި ޤައުމުތަކާ ވާހަކަ ދައްކަމުންނެވެ. މި މަޝްވަރާތައް ވަނީ އިންޑިއާއާއި ރަޝިޔާއާއި ޗައިނާއާއެކުވެސް ބާއްވާފައެވެ.

އިންޑިއާއިން ވަނީ އެމެރިކާއިން ސެބްމެރިން ހަނގުރާމައަށް ބޭނުންވާ ސޯނޫބޮއިވެސް 52 މިލިއަން ޑޮލަރަށް ގަނެފައެވެ.

ޗައިނާއިން ވަނީ، އެސް262ގެ ޑީސަލް ސެބެމްރިނާއި ޑެސްޓްރޯޔާ ހެޔޮ އަގުގައި އިންޑޮނޭޝިއާއަށް ވިއްކަން ހުށަހަޅާފައެވެ. ނަމަވެސް އެއަށްފަހު ޖަކާޓާއިން ވަނީ ރަޝިޔާއާއި އިންޑިއާއާއެކުވެސް ވާހަކަ ދައްކާފައެވެ.