ޙިޒުބުﷲގެ ލީޑަރު ޝަހީދު ޙަސަން ނަޞްރަﷲގެ ހަށިކޮޅު ބިންގަރާހުން ނަގައިފިއެވެ. ރޮއިޓާސްއާ ހަވާލާދީ މީޑިއާއިން ރިޕޯޓު ކުރަމުންދާ ގޮތުގައި ޝަހީދުގެ ހަށިކޮޅުގައި ޒަޚަމެއް ހުރިކަމަކަށް ނުދައްކައެވެ. ބެލެވޭ ގޮތުގައި އޭނާ ޝަހީދުވީ ގޮއްވާލި ގޮއްވާލުމުގެ ބާރާއެކުގައެވެ. އެކަން ދެ ފަރާތަކުން ކަށަވަރުކޮށްދީފައި ވެއެވެ.

ޙަސަން ނަޞްރަﷲ އަކީ އިޒްރޭލުގެ މުޅި އުމުރުގައި ސަހުޔޫނީ ޔަހޫދީ ދައުލަތަށް އެންމެ ގިނަ ނާކާމިޔާބީއާ ކުރިމަތި ކުރުވި ލީޑަރެވެ. އޭނާގެ ޖަމާޢަތް ވުޖޫދަށް އައިސްފައި ވަނީ އިޒްރޭލުން ދެކުނު ލުބުނާނަށް އަރައިގަތުމަށް ފަހުއެވެ. އަދި އެއަށްފަހު އޭނާގެ ޖަމާޢަތުން ވަނީ ޒަޔަނިސްޓުން ދެކުނުން ފައްސާލާފައެވެ.