ފޮޓޯގައި މި ފެންނަނީ ޖޭކޮބް ޖާރެޗްކީ އެވެ. ކުންފުންޏެއްގައި މަސައްކަތް ކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެން އޭނާ ވަނީ އޭނާ މަސައްކަތް ކުރާ ކޮންމެ ޝިފްޓެއްގައި އުޅޭ މީހުންނާއެކު ގާތް ގުޅުމެއް ބަދަހިކޮށްފައެވެ. އެހެންވެ އޭނާގެ ޑިއުޓީ ކޮންމެ ސެކްޝަނަކަށް ބަދަލު ކުރިނަމަވެސް އެ އެންމެނާއެކު އޭނާ ރަޙުމަތްތެރިކަމެއް އުފައްދާލައެވެ.

ޖާރެޗްކީ އަކީ އިޓަލީގެ ރައްޔިތެކެވެ. ސަކަ މިޒާޖެއްގެ ވރިއެކެވެ. އެންމެންގެ ރަޙުމަތްތެރި އެކެވެ.

އެއްދުވަހަކު އޮފީސް ނިއްމާލާފަ އާދަވެގެން އެހެން ދުވަސްތަކުގައި ދާގޮތަށް އެދުވަހުވެސް އޭނާ ދިޔައީ ބައިހަދާފަ ރަހުމަތްތެރިންނާއެކު އެކުވެރިއެއްގެ ގެއަށެވެ. ރަނގަޅަށް ރާބޯލައި މަޖާ ކޮށްލުމުގެ ނިޔަތުގައެވެ. ޖާރެޗްކީވެސް ދިޔައީ އެހެން މީހުންނެކޭ އެއްވަރަށް ފުޅިއަކަށްފަހު ފުޅިއެއް ކަނޑަމުންނެވެ.

ވަކި ހިސާބަކުން އޭނާގެ ރަޙުމަތްތެރިންނަށް އިވެން ފެށީ، އެމީހުންގެ ރަޙުމަތްތެރިޔާ ގޮތް ނޭނގޭ ބަހަކުން ވާހަކަ ދައްކަން ފެށި އަޑެވެ. އޭނާގެ އަނގަ ގަދަވެ، ހޮޅި ހޮއްލުން އިތުރު ވެގެން ދިޔައެވެ.

މެންދަމުން އަލިވެ ފަތިހަށް ލައިގަތްތަނާ 21 އަހަރުގެ ޖާރެޗްކީގެ ހުން ގަދަވާން ފެށިއެވެ. ދެން ހިތުގެ ވިންދު އަވަސްވާން ފެށިއެވެ.

ފުރަތަމަ އެހީދޭ މީހުންނަށް ގުޅައިގެން އެމީހުން ހާޒިރުވި އިރު، ޖާރެޗްކީގެ ހިތް އަވަސްވެ، މީހާ އޮތީ އިންތިހާއަށް ހޫނުވެފައެވެ. 9 އެއް ޖަހާކަށް ހާއިރު ޖާރެޗްކީ ދުނިޔެ ދޫކޮށް ދިޔައެވެ.

އޭނާގެ ޕޯސްޓްމޯޓަމް ހަދައިގެން ބެލިއިރު ހޮޅި ހޮއްލަން ދިމާވީ، އޭނާ ރާބޯން ފެށުމުގެ ކުރިން މަސްތުވާތަކެތި ނަގާފައި ހުރުމުން އޭނާގެ ބުއްދި ފިލައިގޮސް ނިޒާމު ގަޑުބަޑު ވުމުންނެވެ. ޖާރެޗްކީ ހަލާކުކޮށްލީ ޗައިނާވައިޓް މަސްތުވާތަކެތިން ކަމަށް ޕޯސްޓްމޯޓަމްއިން އެނގުނެވެ.