އީރާންގެ ޕާލަމެންޓްގައި ހިމެނޭ ޔަހޫދީން ތަމްސީލު ކުރާ މެމްބަރު ވަނީ ޝަހީދު ޙަސަން ނަޞްރަﷲ އަވަހާރަކުރުމުން އެކަމަށް ހިތާމަ ފާޅުކުރައްވާފައެވެ. އަދި އޭނާ ވަނީ އިޒްރޭލުގެ "ކްރިމިނަލް ޒަޔަނިސްޓް ރެޖީމް" އަތުން ބަދަލު ހިފުމަށް އެދިވަޑައިގެންފައެވެ. އިޒްރޭލުން މަދަނީންނަށް އަމާޒު ކުރަމުންދާތީ އެކަންވެސް އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ.

ޑރ. ހުމާޔޫން ސާމިހް ވިދާޅުވީ ފަލަސްޠީނުގެ މީހުންގެ މިނިވަންކަމަށް އީރާނުގެ ޔަހޫދީން ތާއީދު ކުރާ ކަމަށެވެ.

އީރާނުގައި ޔަހޫދީން އުޅޭތާ 2700 އަށްވުރެން ގިނަ އަހަރުތައް ވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް ޔަހޫދީން ވަނީ އެމީހުންގެ އައު ފައްޅިއެއް އިފުތިތާޙުކޮށްފައެވެ.