އިޒްރޭލަށް އަމާޒުކޮށް އިރާނުން ފޮނުވާލި 200 ބެލަސްޓިކް މިސައިލު އިޒްރޭލަށް އަމާޒު ވުމުގެ ކުރިން މިސައިލުތައް ވައްޓާލުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އެގައުމުގެ ރައީސް ޖޯ ބައިޑަން އަމުރު ކުރައްވައިފިއެވެ.
މީގެ ތެރެއިން ބައެއް މިސައިލުތައް މިހާރު އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށް ވެއްޓިފައިވާއިރު، ހަމަލާތަކުގައި ހަޔޫދީންތަކެއް މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު މަރުވި މީހުންގެ އަދަދު ސާފެއް ނޫނެވެ.
ހައްދު ފަހަނައެޅި އިޒްރޭލުގެ އަސްކަރިއްޔާއިން ޔަހޫދީންނަށް އަމުރު ކޮށްފައި ވަނީ އިރާނުގެ މިސައިލުތަކުން ލިބުނު ގެއްލުންތަކުގެ ފޮޓޯ އާއި ވީޑިއޯ ނުކުރުމަށެވެ.