ޒަޔަނިސްޓް ދައުލަތުން ޢިރާގަށް ޙަމަލަ ދިނުމަށް ރާވާފައި ކަމަށް އީރާޤްގެ މަސްއޫލުވެރިން ވިދާޅުވެއެވެ. އިރާޤްގެ ޝީޢީ ހަނގުރާމަވެރިން ގެންދަނީ ކޮންމެ ދުވަހަކުހެން ޒަޔަނިސްޓް އަމާޒުފަތްގަނޑުތަކަށް މިސައިލް ހަމަލަތައް ދެމުންނެވެ.
އިރާޤްގެ ބޮޑު ވަޒީރު މުޙައްމަދު ޝިޔާޢު އައްސޫދާނީ ވަނީ ހަނގުރާމަވެރިން ޒަޔަނިސްޓުންނަށް ދެމުންދާ ހަމަލަތަކާ ބެހޭގޮތުން ސަލާމަތީ ފަރާތްތަކާއި ކެބިނެޓް ފެންވަރުގައި މަޝްވަރާތައް ބާއްވަވާފައެވެ. ސޫދާނީއަށް ހަނގުރާމަވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އެޅުމަކީ އުނދަގޫ ކަމެވެ. އެފަދަ ފިޔަވަޅަކުން ސަރުކާރު ވެއްޓި، އެތެރޭގެ މަސްރަޙު ހަލަބޮލިވެގެން ހިނގައިދާނެ ބިރު އިހުސާސް ކުރެވެއެވެ.
ޢިރާޤްގެ ތަރުޖަމާން ބާސިމުލް ޢައްވާދީ ވިދާޅުވާ ގޮތުގައި ޢިރާޤްގެ ބިރަކީ ހަނގުރާމަވެރިން ޒަޔަނިސްޓުންނަށް ޙަމަލަ ދެމުން ދިއުމާ ގުޅިގެން އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ އެމެރިކާއިން ޢިރާޤަށް ހަމަލަ ދީފާނެ ކަމުގެ ބިރެވެ.
މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުމުގައި ތާއަބަދު ހަރަކާތްތެރިވާ އެމެރިކާއާއި އިޒްރޭލުން ޢިރާޤަށް ހަމަލަ ދިނުމަށް، މިހާތަނަށް ޢިރާޤްގެ ފަންސަތިރީސް ތަނެއް ފާހަގަ ކޮށްފައިވާ ކަމަށް ބެލެވެއެވެ.