އީރާނުން އިޒްރޭލަށް އަދަބު ދިނުމަށް ދިން ކާމިޔާބު ހަމަލާއަށް ފަހު އިޒްރޭލުގައި ވިޔަފާރި ކުރާ އިންޑިއާގެ ކުންފުނިތަކުގެ ޙިއްސާތައް މުމްބާއި ޙިއްސާގެ ބާރުގައި ދަށް ވެގެން ދިޔައެވެ. މިންޓު ނޫހުން ރިޕޯޓު ކުރި ގޮތުގައި އިޒްރޭލުގައި ވިޔަފާރި ކުރާ އިންޑިއާގެ އަދާނީ ޕޯޓްސްއާއި ވިޕްރޯއާއި ސަން ފަރްމާއާއި ޑރ. ރެއްޑީއާއި ޓާޓާ ކޮންސަލްޓެންސިއާއި ރެއިލް ވިކާސްއާއި ސްޓޭޓް ބެންކު އޮފް އިންޑިއާއާއި ލާސަން އެންޑް ޓާބޯގެ ޙިއްސާތައް ހެނދުނު ދަށަށް ދިއުމަށްފަހު މެންދުރެއް ހައިއިރު މަތިވި އެވެ.
ކޮންމެ ކުންފުންޏަކުންވެސް ވަނީ އިޒްރޭލުގައި އެކުންފުނީގެ ވިޔަފާރިއާ ބެހޭ މަޢުލޫމާތު އާންމުކޮށްދީފަ އެވެ.
އެންމެ ބޮޑު ކުންފުނި އަދާނީން ބުނެފައި ވަނީ އެކުންފުނިން އޮޕަރޭޓް ކުރާ ހައިފާގެ ބަނދަރަކީ އިޒްރޭލުގެ މުދަލުގެ އެންމެ 3 ޕަސެންޓު އަރުވައި ބާލާ ބަނދަރު ކަމަށެވެ. އަދި ޢަޒީމް ޕްރޭމްޖީގެ ވިޕްރޯއިން ބުނެފައި ވަނީ އިޒްރޭލުގައި އެކުންފުނިން 80 މީހުންނަށް ވަޒީފާ ދީފައިވާނެ ކަމަށާއި އެ އެންމެންނަކީ އިޒްރޭލުގެ ޔަހޫދީން ކަމަށެވެ. ސަން ފަރްމާއަކީ އިޒްރޭލުގެ ޓާރޯ ފާމަސޫޓިކަލް ގަނެގެން އުޅޭ ކުންފުންޏެވެ. އެ ކުންފުނިން ބުނެފައި ވަނީ އެމީހުންގެ އިޒްރޭލު ވިޔަފާރިއަކީ އެންމެ އިންސައްތައެއްގެ ވިޔަފާރިއެއް ކަމަށެވެ.