ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒާއިދު އާލަނަހްޔާން މިސްރަށް ކުރެއްވާ މަސައްކަތު ދަތުރުފުޅެއްގައި މިއަދު ޤާހިރާއަށް ވަޑައިގެންފިއެވެ.

ޝެއިޚު މުޙައްމަދާއި އެމަނިކުފާނުގެ ވަފްދަށް މަރުހަބާ ވިދާޅުވީ މިސްރުގެ ރައީސް ޢަބްދުލް ފައްތާޙް އައްސީސީއެވެ.

ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަންތައްތަކާ ބެހޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދީފައެއް ނުވެއެވެ.

ޔޫއޭއީއަކީ މިސްރުގައި އެންމެ ގިނައިން އިސްވެސްޓް ކޮށްފައިވާ ޤައުމެވެ.