ޒަޔަނިސްޓު ޓެރަރިސްޓު ދައުލަތުން ބެއިރޫތު އެއާޕޯޓު ކައިރިއަށް ވައިގެ ޙަމަލައެއް ދިންތާ އިރުކޮޅެއްގެ ތެރޭގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤްޖީ ބެއިރޫތަށް ފައިބައި ވަޑައިގެންފިއެވެ. އޭނާ ދަތުރު ކުރެއްވީ އީރާންގެ ރަސްމީ ބޯޓުކޮޅެއްގައެވެ.

ރަފީޤް ޙަރީރީ އެއާޕޯޓަށް ފައިބައި ވަޑައިގަތުމަށްފަހު، ޢިރާޤްޖީ ވިދަޅުވީ މި ދަތުރުފުޅުގައި ލުބުނާންގެ ބޮޑު ވަޒީރު ނަޖީބު މީޤާތީއާ ޕާލަމެންޓްގެ ރައީސް ނަބީހް ބައްރީއާވެސް ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.

އީރާންގެ ޚާރިޖިއްޔާގެ ތަރުޖަމާން ނާޞިރު ކަންޢާނީ ވިދާޅުވީ އީރާނުން ލުބުނާނަށް ދެމުންދާ ތާއީދު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.